މި ކޯހަކީ އިސްލާމިކް ސްޓަޑީޒުގެ ދާއިރާއިން ރާއްޖޭގައި ތިބެގެން މާސްޓަރސް ފެންވަރަށް އުނގެނުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމަށް ހުޅުވާލެވޭ ދޮރެކެވެ. ކޯހުގައި ކިޔަވައިދެވޭނީ ޢަރަބި ބަހުން ކަމަށްވުމުން އިސްލާމީ ޢިލްމުތަކުގެ މައިގަނޑު މަރްޖިޢުތަކަށް ރުޖޫޢަވެ އަމިއްލައަށް ދިރާސާކޮށް ދީނީ ރޮނގުން އިތުރަށް ކުރިއަށް ދިޔުމުގެ ފުރުޞަތު ބޮޑުވެގެން ދާނެއެވެ.
މުއްދަތު: 1.5 އަހަރު (3 ސިމެސްޓަރ)
ޝަރުތު:
- ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ބެޗްލަރ ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
- ބެޗްލަރ ޑިގްރީ ޙާޞިލުކޮށްފައިވަނީ ޢަރަބި ބަސް ފިޔަވާ އެހެން ބަހަކުން ކަމުގައި ވާނަމަ ފެކަލްޓީން ދެވޭ ޢަރަބި ބަހުގެ އިމްތިޙާނަކުން ފާސްވުން.
Please comment with your real name using good manners.