މި ކޯހަކީ އިސްލާމީ ތަޢުލީމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ލިބިފައިވާ މަޢުލޫމާތާއި ހުނަރު އިތުރަށް ތަރައްޤީކޮށްދީ މަތީ ލެވެލްތަކުގެ ދިރާސީ ކޯސްތަކުގައި ބައިވެރިވުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ހިންގޭ ކޯހެކެވެ. މިކޯހުގައި އިސްލާމީ ޢިލްމުގެ މައިގަނޑު ދާއިރާތައް ކަމުގައިވާ ޢަޤީދާއާއި، ޤުރުއާނާއި ތަފްސީރު އަދި ޙަދީޘް ޢިލްމާއި ފިޤްހު ޢިލްމުގެ އިތުރުން ތާރީޚާއި ސީރަތުގެ ޢިލްމުން އެނގިފައިވާ އެނގުން އިތުރުވެ، އިތުރަށް އޮޅުންފިލައިގެން ދާނެއެވެ. އަދި އިތުރަށް ކުރިއަށް ދިޔުމަށް ބޭނުންވާ ޢިލްމުތަކުގެ ތެރެއިން ޢަރަބި ބަހާއި އިނގިރޭސި ބަސް ކިޔަވައިދެވޭނެއެވެ. އިސްލާމީ ފޮތްތަކަށް ފަރިތަވުމުގެ އެންމެ ފުރަތަމަ މަރުޙަލާ މިކޯހުން އުނގަންނައިދެވޭނެއެވެ. މީގެ އިތުރުން ދީނީ ގިއުގަނޑުގެ ތެރޭގައި މުޢާމަލާތުކުރުމާއި ޚިޔާލުފާޅުކުރުމާއި ތަފާތު ޚިޔާލު ބަލައިގަތުމާއި ދީނީ ފޮތްތަކަށް ރުޖޫޢަވެ ދިރާސާކޮށްހެދުމުގެ ހުނަރު ލިބިގެން ދާނެއެވެ.
ކޯހުގެ މުއްދަތު: 1 އަހަރު ދުވަހުގެ (2 ސެމެސްޓަރގެ) ކޯހެކެވެ.
ޝަރުތު:
- އިސްލާމް ހިމެނޭ ގޮތަށް، އެސް.އެސް.ސީ./ ޖީ.ސީ.އީ. އޯ.ލެވެލް އިމްތިޙާންތަކުން 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ
- ގުޅުން ހުރި ދާއިރާއަކުން ދަށްވެގެން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. ނުވަތަ
- އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް ޙާޞިލުކޮށްފައިވުން. ނުވަތަ
- ގުރޭޑް 7 ނިންމައި، ޢުމުރުން 18 އަހަރު ފުރި، އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ކިޔަވައިދޭ މާއްދާތައް: މި ކޯހުގެ ކޮންމެ ސިމެސްޓަރެއްގައި ފަސް މާއްދާ ކިޔަވައިދޭނެއެވެ. ތިރީގައި މިވަނީ މާއްދާތަކުގެ ކޯޑާއި ނަންތަކެވެ.
Please comment with your real name using good manners.