ޔުނިސެފްގެ ފަރާތުން 2022 ވަނަ އަހަރުގެ މެއި މަހުގެ 8 އިން 12 އަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ ގައި ބޭއްވި ރީޖަނަލް ފެއިތް އެންގޭޖްމެންޓް ފޯރަމް ފޮރ ސައުތު އޭޝިޔާ ގައި މި ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ ޢަލީ ޒާހިރު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ފޯރަމްގެ މައިގަޑު މަޤްސަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމާއި އެކަމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވާލުމެވެ. މި ފޯރަމަކީ ސާކުގެ 8 ގައުމު ކަމުގައިވާ އިންޑިއާ،ޕާކިސްތާން، ނޭޕާލާއި ބޫޓާން، ދިވެހިރާއްޖެ، ސްރީލަންކާ ، ބަންގުލަދޭޝް ،އަފްޣާނިސްތާނުން ބޭފުޅުން ބައިވެރިވެފައިވާ ފޯރަމްއެކެވެ.