އދ. އަތޮޅު ކައުންސިލާއި ފެކަލްޓީ އޮފް ޝަރިޢާ އެންޑް ލޯ ގުޅިގެން އެއަތޮޅުގެ ހުރިހާ ރަށެއްގައި ދީނީހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޢަޞުރު ނަމާދަށްފަހު މިސްކިތްތަކުގައި ދަރުސް ދިނުމާއި އަދި އިހުޔާ ޕްރޮގްރާމްތައް ވަނީ މި އެޕްރީލް މަހުގެ 12ވަނަ ދުވަހު ކުރިޔަށް ގެން ގޮސްފައެވެ. މި ޕްރޮގްރާމް ގައި މި ފެކަލްޓީގެ 10 ޢިލްމުވެރިންނާއި އަދި އެހެނިހެން މުއައްސަސާތަކުން މި ފެކަލްޓީގެ އެދިލެއްވުމަށް 11 ޢިލްމުވެރިޔަކު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.