ހުޅުދުއްފާރު އަދި އދ. މަހިބަދޫ ކައުސިލްގެ އެދިވަޑައިގަތުމަށް16 އަދި 17 މާރިޗު 2022 ގައި އޮންލައިންކޮށް ކުރިޔަށް ގެންދެވުނު ، ބައްދަލުވުންތަކުގައި މި ފެކަލްޓީ ގައި މިހާރު ހިންގަމުންދާ ކޯސް ތަކުގެ ތެރެއިން އެ ކައުންސިލު ތަކުން އެދިވަޑައިގަންނަވާ ބައެއް ކޯސް ތައް ކުރިޔަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. މި ގޮތުން ކައުންސިލު ތަކުން އެދިވަޑައިގެން ފައިވާ ކޯސްތަކަކީ ސެޓްފިކެޓް 3 އިން ޖަނާއިޒް އަދި އެޑްވާންސް ސެޓްފިކެޓް ފޯރ އިމާމް އެންޑް ޚަޠީބް ކޯހެވެ. މި ކޯސްތަކަކީ ކައުންސިލް ތަކުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން އިސްލާމީ ތަޢުލީމު ކުރިއަރުވައި ހަރުދަނާ ޖީލެެއްބިނާ ކުރުމަށް ހިންގޭ ޕްރޮގްރާމް ތަކެއްކަމަށް ވަނި ވިދާޅުވެފައެވެ. އަދި ދިރިއުޅުމުގެ އެކި އެކި ދާއިރާތަކަށް އާންމު ރައްޔިތުން ހޭލުންތެރިކޮށް ތަމްރީނު ކުރުމުގެ މަޤްޞަދުގައާއި އަދި ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދާ ދިނުމުގެ ގޮތުން ކުރިޔަން ގެންދިއުމަށް ރޭވިފައިޥާ ކޯސްތަކެއް ކަމުގައި ދެކެއެވެ.