ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޝަރީޢާ ޑިޕާރޓްމަންޓުން “ފަސޭހަ ފިޤުހު” ގެ ނަމުގައި، އިސްލާމީ ފިޤުހާ ގުޅޭ އަސާސީ މައުލޫމާތު ފޯރުކޮށްދޭ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޕޮރޮގްރާމް ކުރިޔަށް ގެން ގޮސްފައިވަނީ ޖެނުއަރީ މަހުގެ 24،25، 26 މި ތިން ރޭގެ 20:00-22:00 އަށް ގޫގަލް މީޓް މެދުވެރިކޮށެވެ.މި ޕްރޮގުރާމުގައި ކުރިޔަށްގެންދިޔަ ސެޝަންތައް ނަންގަވާދެއްވި މަޢުޝޫތަކަކީ
- ފިޤުހުގެ ތަޢާރަފު އައްޝައިޚް ޢަލި ނިޝާމް
- ދީނުގެ މަސްދަރުތައް އައްޝައިޚް އުޘްމާން ޔޫސުފް
- ތަކްލީފީ ޙުކުމްތަކާއި ވަޟަޢީ ޙުކުމްތައް އައްޝައިޚް ޢަލީ ޒައިދު
- ޠަހާރަތާއި ނަމާދާ ގުޅޭ މުހިއްމު ބައެއް މައްސަލަތައް އައްޝައިޚް ޢަލީ ޒާހިރު
- އިޚްތިލާފީ މައްސަލަތަކާއި އިސްލާމީ ފިޤުހު އަލްއުސްތާޛު ޙުސައިން ޢަބްދުﷲ ސަޢިދު
- ރޯދަ އާއި ޒަކާތާއި ޙައްޖާ ގުޅޭ މުހިއްމު ބައެއް މައްސަލަތައް އައްޝައިޚް ޙަސަން ލަޠީފް މޫސާ
މި ސެޝަން ތައް ކުރިޔަށް ގެންދެވުނީ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެވި، ކޮންމެ ރެއެއްގައިވެސް ދެ މައުޝޫއަށް ސެޝަންގެ ބައިވެރިންނަށް މަޢުލޫމާތުދެވިގެންނެވެ. މި ޕްރޮގްރާމްގެ ފަހުރޭގެ ސެޝަންތައް ނިމާލުމަށްފަހު 2022 ޓާރމް 1 ގައި ފެކަލްޓީ ގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭ މަޢުލޫމާތު ބައިވެރިންނަށް ހިއްސާ ކޮށްފައިއެވެ. މި ޕްރޮގްރާމް އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.