އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާގެ(އައި.އައި.ޔޫ.އެމް) އަޙްމަދު އިބްރާހިމް ކުއްލިއްޔާ އޮފް ލޯސް(އައިކޮލް)ގެ ހާރުން އެމް. ހާޝިމް ލޯ ސެންޓަރުގެ ޓީމެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަށް ޒިޔާރަތެއް ކުރައްވައިފިއެވެ.
މިޓީމު ފެކަލްޓީއަށް ވަޑައިގެންނެވުމުން ޓީމަށް މަރުހަބާ ދެންނެވީ ފެކަލްޓީގެ ޑީން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންއެވެ. ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އިސްވެރިންނާއި ފެކަލްޓީގެ ލެކްޗަރަރުން ވަނީ ހާރުން ލޯ ސެންޓަރުގެ، ޑިރެކްޓަރ، ޑރ. ޒުރައިދާ ބިންތި ޙާޖީ ޢަލީ އަދި ޑެޕިއުޓީ ޑިރެކްޓަރ އޮފް އޮފިސް އޮފް ކޮމިއުކިކޭޝަން، އެޑްވޮކެސީ އެންޑް ޕްރޮމޯޝަން، މެޑަމް އަބަޒައިމާ މުޙައްމަދު އައްބާސް ބައްދަލުކުރައްވާ ދެ ފެކަލްޓީގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މީގެ އިތުުރުން އައިކޮލްގައި ހިންގާ ލޯ ކޯސްތަކުގެ މައުލޫމާތު ދެއްވާ ޚާއްސަކޮށް ޕީއެޗްޑީއާ ބެހޭ ގޮތުން ވާހަކަދެއްކެވިއެވެ.