ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯ (އެލް.އެލް.ބީ) ގެ ފަހު ސެމިސްޓަރ ގެ ދަރިވަރުންނަށް “މޮކް-ޓްރައިލް” ސެޝަން ތަކެއް ހިންގައިފިއެވެ. މިސެޝަން ތައް ހިންގިފައިވަނީ އެވިޑެންސް ލޯގެ ދާއިރާއިންނެވެ. މި ސެޝަންތައް ހިންގުމުގައި އިސްކޮށް ހުންނެވީ މި ފެކަލްޓީގެ ލެކްޗަރަރ އަލްއުސްތާޒާ ޒިމްނާ އަބްދުލް މުޙުސިންއެވެ. މި ސެޝަން ކުރިޔަށް ގެންދެވުނީ މި ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން (އެލް.އެލް.ބީ) ގެ ފަހު ސެމެސްޓަރ ގެ ދަރިވަރުން ގްރޫޕްތަކަކަށް ބަހާލައިގެންނެވެ.
މި މޮކް-ޓްރައިލް ގެ ސަބަބުން ދަރިވަރުންނަށް، ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުނަރާއި ކަންތައް ތައް ކުރަންޖެހޭ ގޮތް ދަސްވެގެންދާނެއެވެ.އަދި ހަމައެއާއިއެކު މޮކް-ޓްރައިލް އާއި ގުޅޭ ތަފާތު ބައިތަކުން ޕްރެކްޓިކަލް ނޮލެޖް ލިބިގެންދާނެއެވެ. މިއީ ކޮންމެ އަހަރެއްގައިވެސް (އެލް.އެލް.ބީ) ގެ ފަހު ސެމެސްޓަރ ގެ ދަރިވަރުންނަށް ހިންގޭ ޕްރޮގްރާމެކެވެ.
އިޢުލާން
- ރީޖަނަލް ފެއިތް އެންްްގޭޖްމެންޓް ފޯރަމް ފޮރ ސައުތު އޭޝިޔާގައި މި ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެންފި
- ހުޅުދުއްފާރާއި މަހިބަދޫ ގައި ކުރިޔަށް ގެންދެވިދާނެ ކޯސް ތަކާއި ބެހޭ ގޮތުން ބޭއްވުނު މަޝްވަރާތަކުގެ ތެރެއިން
- “ފަސޭހަ ފިޤުހު” ގެ ނަމުގައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފި
- އިޢުލާން
- 2021ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރ ގައި ފަށާ ކޯސްތައް އިޢުލާން ކޮށްފި
ސޮސައިޓީ ފޮރ ޝަރީޢާ އެންޑް ލޯ
- ސޮސައިޓީގެ ތަޢާރަފް