2022 ވަނަ އަހަރުގެ ފުރަތަމަ ސެމެސްޓަރ ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަށް ފޯމް ހުށަހެޅުމަށް އިޢުލާން ކޮށްފިއެވެ.
2022 ވަނަ އަހަރުގެ ފުރަތަމަ ސެމެސްޓަރ ގައި އެފް.އެސް.އެލް އިން ފެށުމަށްހަމަޖެހިފައިވާ ކޯސް ތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް 3 ން ފެށިގެން މާރސްޓަރސް ޑިގްރީ އާ ހަމަޔަށް ކިޔެވޭނެ ނުވަ ކޯހެއްގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.މީގެ ތެރެއިން ބައެއް ކޯސްތައް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހަތަރު ކެމްޕަހުގައިވެސް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ކޯސްތަކަށް ވަނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 14 ނޮވެންބަރު 2021 ވާ އާދީއްތަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ވަނީ ހުޅުވާލެވިފައެވެ. ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް mnu.edu.mv/apply/ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. ކޯސްތަކުގެ ޝަރުޠުތައް ތިރީގައި މިވާ ލިންކުން ޗެކްކޮށްލެވޭނެއެވެ.
https://mnu.edu.mv/application-announcements-2022-term-1/