އެމް.އެން.ޔޫ.އެސް.ޔޫ ބަހުސްމުބާރާތުގެ ޗެމްޕިއަން ކަން އެފް.އެސް.އެލް އަށް

FSL-Champion.jpg-new-750x375

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން ( އެމް.އެން.ޔޫ.އެސް.ޔޫ ) އިން އިންތިޒާމުކޮށްގެން ބޭއްވި ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޓީމް ހޯދައިފިއެވެ.

31އޮކްޓޯބަރ 2021 ވީ އާދިއްތަ ދުވަހު ފެށި މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ދިވެހިރާއްޖޭގޭ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އެވެ. މި ބަހުސް އައި.ޔޫ.އެމް ޓީމް ގެ މައްޗަށް އެފް.އެސް.އެލް ޓީމް އިން ވަނީ 857-760 ގެ ނަތީޖާ އަކުން ކުރިހޯދާފައެވެ. މިބަހުސް މުބާރާތުގެ އެންމެ މޮޅު ބަހުސްތެރިއަކަށް ހޮވިފައިވަނީ ވެސް އެފް.އެސް.އެލް ޓީމުގެ މުޙައްމަދު އައިޝް އެވެ. ވާދަވެރި ބަހުސް އަކަށްފަހު އެފް.އެސް.އެލް އިން ވަނީ އައި.ޔޫއެ.މްގެ މައްޗަށް ކުރި ހޯދައި ސެމީއަށް ދަތުރުކޮށްފައެވެ.

5 ނޮވެންބަރު 2021 ވީ ހުކުރު ދުވަހުގެ ރޭ އޭ. ބްލޮކު އޮޑިޓޯރިއަމްގައި ބޭއްވުނު ބަހުސް މުބާރާތުގެ ފައިނަލްގައި އެފް.އެސް.އެލް ގެ ޓީމް ބައްދަލުކޮށްފައިވަނީ އެމް.އެން.ޔޫ.ބިޒްނަސް ސުކޫލުގެ ޓީމާއެވެ. ވާދަވެރި ބަހުސް އަކަށްފަހު 983-953 ނަތީޖާ އަކުން އެފް.އެސް.އެލްގެ ޓީމް ވަނީ އެމް.އެން.ޔޫ.ބީއެސް ގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެފް.އެސް.އެލް ޓީމް ގެ ދެ ދަރިވަރަކުވަނީ މިމުބާރާތުގެ އެންމެ މޮޅު ފަސް ބަހުސް ކުރުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އެއީ މުހައްމަދު އައިޝް އަދި އާމިނަތު ނަސޫހާ އެވެ.

ޕޯސްޓްކުރީ

FacultyContactsLinks
Faculty of Shariah and Law
Rahdhebai Higun, Machangolhi
Male', Maldives
Tel: 334 5396
Fax: 334 5397
Email: fsl@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number