މިފެކަލްޓީގެ ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯ ކޯހުގެ ސެމެސްޓަރ 8 ގެ ދަރިވަރުނަށް ކްރިމިނަލް ޕްރޮސީޖާރއާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ގޫގުލްމީޓް މެދުވެރިކޮށް 30 އޮގަސްޓް 2021 ވަނަ ދުވަހު 19:00 އިން 20:30 އަށް ވަނީ ސެޝަން އެއް ކުރިޔަށް ގެންދެވިފައެވެ. މި ސެޝަން ގައި އަލިއަޅުވާ ލެވިފައިވާ ބައިތަކަކީ އިބްތިދާއީ އަޑުއެހުން ކުރިޔަށްދާ ގޮތާއި، ޝަރީޢަތް ފެށިގެން ކުރިޔަށްދާ ގޮތާއި ، އަޑުއެހުންތައް ނިންމާލުމާއި ޙުކުމް ކުރުމެވެ. މިއީ ދަރިވަރުން ޝަރުޢީ ދާއިރާ އަށް އަހުލުވެރި ކުރުމަށް ހިންގަމުންގެންދާ ސެޝަން ތަކުގެ ތެރެއިން ސެޝަން އެކެވެ. މި ފުރުސަތުގައި މިފެކަލްޓީގެ ދަރިވަރުންނަށްމިފަދައަގުހުރި މަޢުލޫމާތުސެޝަނެއް ނަންގަވާދެއްވިކަމަށްޓަކައި ލެކްސަވީޗެމްބަރސްގެ މެނޭޖިންޕާރޓްނަރ އަލްއުސްތާޛުނޫރުއްސަލާމްއަބޫބަކުރަށް ވަރަށްބޮޑަށްޝުކުރުއަދާކުރަމެވެ.
އިޢުލާން
- ރީޖަނަލް ފެއިތް އެންްްގޭޖްމެންޓް ފޯރަމް ފޮރ ސައުތު އޭޝިޔާގައި މި ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެންފި
- ހުޅުދުއްފާރާއި މަހިބަދޫ ގައި ކުރިޔަށް ގެންދެވިދާނެ ކޯސް ތަކާއި ބެހޭ ގޮތުން ބޭއްވުނު މަޝްވަރާތަކުގެ ތެރެއިން
- “ފަސޭހަ ފިޤުހު” ގެ ނަމުގައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފި
- އިޢުލާން
- 2021ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރ ގައި ފަށާ ކޯސްތައް އިޢުލާން ކޮށްފި
ސޮސައިޓީ ފޮރ ޝަރީޢާ އެންޑް ލޯ
- ސޮސައިޓީގެ ތަޢާރަފް