2021 ވަނަ އަހަރުގެ ދެވަނަ ޓާމް ގައި އަލަށް ފެށުނު ކޯސްތައް ކަމުގައިވާ )ބެޗެލަރސް އޮފް ޝަރިޢާ އެންޑް ލޯ / މާލެ، މާރސްޓަރސް އޮފް ލޯ (ކުޅުދުއްފުށީ ކެމްޕަސް) ، ޑިޕްލޮމާ ފޯ އިމާމް އެންޑް ޙަޠީބް / މާލެ، އެޑްވާންސް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް /މާލެ، ސެޓްފިކެޓް 3 އިން ޖަނާއިޒް (ލ. ގަން ކެމްޕަސް ) ( ދަރިވަރުނަށް ގޫގަލް މީޓް މެދުވެރިކޮށް ފެކަލްޓީއިން އޮރިއެންޓޭޝަނެ ބާއްވައިފި އެވެ. 23 އޮގަސްޓް 2020 ވީ ދުވަހު ހަވީރު 16:00ގައި ބޭއްވި، މި އޮރިއެންޓޭޝަން ގައި ފެކަލްޓީ އަށް އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާދެންނެވުމާއި، ކިޔަވަމުންދާއިރު ދަރިވަރުންނަށް ކޮންމެހެން އެގެންޖެހޭ މުޙިއްމު މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. މި އޮރިއެންޓޭޝަން ގައި ފެކަލްޓި ގެ ޑީން ޑރ.އަބްދުއްސައްތާރު އަބްދުއްރަޙްމާން އާއިއެކު މި ފެކަލްޓީގެ 3 ޑިޕާރޓްމަންޓުގެ އެޗް.އޯ.ޑީން ކަމުގައިވާ އަލްއުސްތާޛާ ފާޠިމަތު ވަޙީދާ/ލޯޑިޕާރޓްމަންޓް ، އައްޝައިޚް ޙުސައިން ޢަބްދުއްﷲ ސަޢީދު/ޝަރީޢާ ޑިޕާރޓްމަންޓް އަދި އައްޝައިޚް ނިމާލް މުޙައްމަދު/އިސްލާމިކް ސްޓަޑީޒް ޑިޕާރޓްމަންޓް، ބައިވެރިވެ ވަޑައިގެން އެބޭ ފުޅުން ނިސްބަތްވާ ޑިޕާރޓްމަންޓް ތަކުގެ ކޯސްތަކުގެ ދަރިވަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވި އެވެ. އަދި މި ބައްދަލުވުމުގައި މިފަހަރު ފެށޭ ކޯސްތަކުގެ ކޯސްކޯޑިނޭޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިޢުލާން
- ރީޖަނަލް ފެއިތް އެންްްގޭޖްމެންޓް ފޯރަމް ފޮރ ސައުތު އޭޝިޔާގައި މި ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެންފި
- ހުޅުދުއްފާރާއި މަހިބަދޫ ގައި ކުރިޔަށް ގެންދެވިދާނެ ކޯސް ތަކާއި ބެހޭ ގޮތުން ބޭއްވުނު މަޝްވަރާތަކުގެ ތެރެއިން
- “ފަސޭހަ ފިޤުހު” ގެ ނަމުގައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފި
- އިޢުލާން
- 2021ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރ ގައި ފަށާ ކޯސްތައް އިޢުލާން ކޮށްފި
ސޮސައިޓީ ފޮރ ޝަރީޢާ އެންޑް ލޯ
- ސޮސައިޓީގެ ތަޢާރަފް