17 އޮގަސްޓް 2021 ވަނަދުވަހު ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު20:00 އިން 22:00 އަށް ޔުނިވާސިޓީގެ މައިމަރުކަޒުގައި ކުރިއަށް ގެންދެވުނު ފަހިދުވަހުގެ ހަރަކާތުގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ފަރާތުން ބައިވެރިވެ، ސްޓޯލަށް ޒިޔާރަތް ކުރެއްވި ފަރާތްތަކަށް ފެކަލްޓީގައި 2021 ގެ ސެމެސްޓަރ2ގައި ފެށުމަށްހަމަޖެހިފައިވާ ކޯސްތަކާއިބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ކޯސްތަކަށް ވަނުމަށް ޝައުގުވެރިވި ފަރާތްތަކަށް ފެކަލްޓީގެ އިދާރީ މުވައްޒަފުން އެހީތެރިވެ ވަޑައިގެންނެވިއެވެ.