South Asian Mooting Competition, Law Students’ Conference & Colloquium 2020 -21

20210319_163003

އިންޑިޔާގެ ލޯއިޑް ލޯ ކޮލެޖުން އިންތިޒާމް ކޮށްގެން ޔުނިވަރސިޓީ އަދި ކޮލެޖް ތަކަށް ހުޅުވާލައިގެން ބޭއްވި

6th Prof. N.R. Madhava Menon South Asian Mooting Competition, Law Students’ Conference & Colloquium 2020 -216″

ގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ތިން ދަރިވަރުން ގެ މައްޗަށް އެކުލެވޭ މޫޓިން ޓީމެއް ވަނީ ބައިވެރި ވެފައެވެ. އިންޑިޔާގެ ލޮއިޑް ލޯ ކޮލެޖުން އިންތިޒާމް ކޮށްގެން ހިންގި މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މާރިޗް މަހުގެ 19 އިން 21 އަށް ވާޗުއަލްކޮށެވެ. މި އިވެންޓުގައި ތިން ބައެއް ހިމެނިފައިވެއެވެ. މިއީ މޫޓިންގ މުބާރާތަކާއި، ސްޓޫޑެންޓް ކޮންފެރަންސަކާއި، އަދި ޓީމާއި ހަވާލުވެގެން ހުންނަ ފަރާތަށް އަމާޒުކޮށް ހިނގި ކޮލޮކިއަމް އެކެވެ. މިފެކަލްޓީގެ މޫޓިންގ ޓީމުގައި ހިމެނެނީ ދެ ސްޕީކަރުންނާއި އެއްރިސާރޗަރެކެެވެ. މިދަރިވަރުންގެ ޓީމްގައި ހިމެނެނީ ބެޗެލަރަސް އޮފް ޝަރީޢާ އެންޑް ލޯ ގެެ ސެމިސްޓަރ 5ގެ ދަރިވަރުން ކަމުގައިވާ، އިބްރާހިމް ޝަރަފް (ސްޕީކަރ)، ފާޠިމަތު ޒަހާނަތު (ސްޕީކަރ) އަދި މަރްޔަމް ޝިމްނާ (ރިސާރޗަރ) އެވެ. އަދި މި ޓީމް ގެ ރިސާޗަރ މަރްޔަމް ޝިމްނާ ވަނީ މިއިވެންޓްގެ ސްޓޫޑެންޓް ކޮންފަރެންސްގައި

“Impact of COVID-19 on Employment in Maldives: Legal, Ethical & Social Issues”

މިމަޢުޟޫގެ ދަށުން ޕޭޕަރެއް ހުށަހަޅާފައެެވެ. މިޕޭޕަރުގައި އެކުލެވިގެންވަނީ ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ވަޒީފާގެ މާހައުލަށް ދިމާވެފައިވާ ޤާނޫނީ، އެތިކަލް އަދި އިޖްތިމާއީ ކަންތަކަށެވެ. އެގޮތުން މިދުވަސްތަކުގައި ޤާނޫނީ ދާއިރާގައި ދިމާވި މައްސަަލަތަކާއި އަދި އެކަންތައްތައް ހައްލުކުރެވިފައިވާ ގޮތާއި ގެނެވިފައިވާ އިސްލާހްތައް ބަޔާންކޮށްފައިވެެއެވެ. މީގެ އިތުރުން ސިިއްޙީ ކުއްލިހާލަތާއި ގުޅިގެން ކުރިމަތިވި އެތިކަލް މައްސަލަތަކާއި އިޖްތިމާއީ ކަންތައް ތަކާއި މެދު މަޝްވަރާކުރެވި ހައްލުތައް ހުށަހަޅައިދީފައިވެއެވެ.މިޕޭޕާރު ހުށަހަޅައިދެއްވި ދަރިވަރަށް ވަނީ މިއިވެންޓްގައި ސްޕެޝަލް އެޕްރިސިއޭޝަން އެވޯޑް ލިބިފައެވެ.

Mooting3

ޕޯސްޓްކުރީ

FacultyContactsLinks
Faculty of Shariah and Law
Rahdhebai Higun, Machangolhi
Male', Maldives
Tel: 334 5396
Fax: 334 5397
Email: fsl@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number