ލޯ އެންޑް ޝަރީޢާ ވެބިނަރ ސީރީޒް 3

viber_3A

ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް ގެ ލޯ ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ލޯ އެންޑް ޝަރީޢާ ވެބިނަރ ގެ 3 ވަނަ ސީރީޒް ބާއްވައިފި. މި ވެބިނަރ ސީރީޒްގައި ބަލާލާފައިވަނި ކޮވިޑް 19 އާއި ގުޅިގެން ދިމާވާ ކަންބޮޑުވުމުގެ މައްޗަށެވެ. މި ވެބިނަރ ސިރީސް އަމާޒު ކޮށްފައިވަނީ ،ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އާއި މާސްޓަސް އޮފް ލޯ ގެ ދަރިވަރުންނަށެވެ.
މިގޮތުން މިސީރީސްގެ ތިންވަނަ ވެބިނާރ ބާއްވާފައިވަނީ 01 އޮކްޓޫބަރ 2020 ވީ އާދީއްތަ ދުވަހު އެވެ. މިވެބިނަރގެ މަޢުޟޫއު އަކީ “ކޮވިޑް 19 އާއި ކަންބޮޑުވުން” އަދި ޚާއްސަކޮށްލެވިފައިވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވާ އެކި ވައްތަރުގެ ކަންބޮޑުވުންތަކާއި އަދި އެކަންބޮޑުވުން ތަކަށް ޢިލްމީ އަދި ޝަރުޢީ ނަޒަރަކުން ޙައްލު ހޯދިދާނެ ގޮތްތަކާއި ބެހޭގޮތުންނެވެ.

viber_3
މި ވެބިނާގައި ދިރިއުޅުމުގައި ދިމާވާ އެކި އެކި ބަލިމަޑުކަމާއި އަދި ކަންބޮޑުވުންތަކާއި، ނަބީބޭކަލުން ކުރިމަތިލެއްވި ގޮތުގެ ވަރަށްރީތި ޢިބްރަތްތެރި މިސާލުތަކާއި ވާހަކަތައް ޙިއްސާ ކުރެވިގެން ދިޔައެވެ.
މިވެބިނަރ ހުށަހަޅައިދެއްވީ ފެކަލްޓީގެ ލެކްޗަރަރ އައްޝައިޚް އަޡްމަތު ޖަމީލް އެވެ. މިވެބިނަރގައި ސްޕީކަރއިންގެ ގޮތުގައި ހުށަހަޅައިދެއްވީ ޢަޤީދާ އެންޑް ދަޢްވާ ޑިޕާރޓްމަންޓް ގެ ހެޑް އައްޝައިޚް ނިމާލް މުޙައްމަދު އަދި އާއި ފެކަލްޓީގެ ލެކްޗަރަރ އައްޝައިޚް މުޙައްމަދު މަންޞޫރުއެވެ.
މިސީރީޒްގެ އިތުރު 2 ވެބިނާރއެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ޕޯސްޓްކުރީ

FacultyContactsLinks
Faculty of Shariah and Law
Rahdhebai Higun, Machangolhi
Male', Maldives
Tel: 334 5396
Fax: 334 5397
Email: fsl@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number